ދުނިޔޭގެ ކޮންމެ ދައުލަތެއްގައިވެސް، ކުޑަޔަސް ބޮޑަސް އެ ދައުލަތުގެ ނިޔާ ކަނޑައެޅުމާއި އަދުުލު އިންސާފު ގާއިމުކުރުމުގެ މުގުލައި ތިއްބެވީ ފަނޑިޔާރުންނެވެ. މިބީދައިން މި ބޯދާ ހަމައެހެންމެ ޒަމާންވީ ދިވެހި ދައުލަތުގެ އަދުލުއިންސަފު ގާއިމުކުޅައުމުގައި މިދެންނެވި ފަނޑިޔަރުން ދިވެހިރާއްޖެ އިސްލާމްވީއްސުރެ މެދުކެނޑުމެއްނެތި ފަނޑިޔާރުކަން. ކުރައްވަމުން ގެންދެވިކަން ދިވެހި ތާރީޚުގެ ސަފުހާތަކުން ސަރީހަކޮށް ފެންނަން އެބައޮތެވެ. މި. ލިޔުމުގައި މޮި ހިމެނިގެންދަނީ އައްޑޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުން ފެށިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ތަރުތީބުން އެބޭބޭފުޅުންެ ވާހަަކައެވެ.
އުތީމުދަރިކޮުން މީލާދުން 1613 އިން 1620 އަސް ރަސްކަން ކުރެއްވި އައްސުލްތާން ހުސައިން ފާމުލަދޭރި ކިލެގެފާނުގެ ރަސްކަމުގައި އިބުނު ސުލްތަނުލްމިސްރީގެ ހަސަން ނައިބު ތަކުރުފާނުންގެދަރިކަލުން އަލްގާޞީ މުހަންމަދު ޝަމްސުއްދީނުލް ކަބީރަށް ފަނޑިޔާރުކަން ލިބިވަޑައިގަތެވެ. މި ތަކުރުފާނަކީ މަޝްހޫރު ވާދޫ ދަންނަކަލޭގެފާނު ނުވަތަ އަލްއައްލާމާ މުހަންމަދު ޖަމާލުއްދީނުގެ އިލްމީ ސިލްސިލާއަށް އިތުރުވެގެންދިޔަ ބޮޅެކެވެ. އައްސުލްތާނު ހުސއިން ފާމުލަދޭރިކިލެގފާނަށްފަހު ވަޑައިގަތް ރަދުންކަމުގައިވާ އައްސުލްތާން މުހައްމަދު އިމާދުއްދިން ނުވަތަ ބޮޑުރަސްގެފާނުގެ ރަސްކަމުގައިވެސް ފަނޑިޔާުކަން ކުރެއްވީ އައްޑޫބޮޑުފަނޑިޔާރު ތަކުރުފާނެވެ. މިގޮތުގައި ހުންނަވާ 39 އަހަރު ވަންދެން ދިވެހިރައްޖޭގެ ބޮޑުފަނޑޔާރުކަން ކުރެއްވިއެވެ. މި ތަކުރުފާނު ފަނޑިޔާރުކަމުން ވަކިކުރެވުނު ހާދިސާއަކީވެސް ދިވެހި ތާރިހުގައި މަޝްހޫރު ވާހަކައެކެވެ. އެގޮތުން ބުނެވޭގޮތުގައި ބޮޑުރަސްގެފާނަކީ ނިކަން ކޯފާގަދަ ބޭފުޅެކެވެ. އެގޮތުން މި ބޮޑުފަނޑިޔާރުތަކުރުފާނު އެއްދުވަހަކު ކިޔުއްވި ޚުތުބާއެއްގައި ރަސްގެފަނަށް ދުއާކުރެއްވުމުގައި އޭތަނުން ކަލިމައެއް "ތަޢައްްޔަރުކުރެވުނީތީ" ރަސްގެފާނު ކޯފާއިސްކުރައްވައި، ފަނޑިޔާރުަަމުން ވަކިކޮށް ތިން ދަރިންނާއިއެކު އައްޑުއަތޮޅު މީދުވަށް އަރުވައިލެއްވިއެެވެ. މިއާއިއެކު އެ ތަކުރުފާނުންގެ 39 އަހަރުވީ ދިގު ފަނޑިޔާރުކަމުގައި ސިއްކަޖެހި ނިމިގެންދިޔައެވެ.
އެއަށްފަހު ފަނޑިޔާރުކަމަށް ވަޑައިގަތީ ހައްދުންމަތީ ފޮނަދޫ އަލްގާސީ މުހައްމަދު ޖަމާލުއްދިނެވެ. ބޮޑުރަސްގެފާނުގެ ރަސްކަމުގެ ފަހުކޮޅާއި އައްސުލްތާން އިބްރާހިމް އިސްކަންދަރު ސިރީ ކުލަރަންމީބަ މަހާރަދުން (1687-1648) ގެ ރަސްކަމުގެ ކުރީކޮޅުގައި ފަނޑިޔާރަކަށް ހުންނެވީ މިބޭފުޅާއެވެ. ބި ފަނޑިޔާރު އަވަހާރަވުމުން ދަރިކަލުން އަލްގާސީ އަހްމަދު މުގްރީއާއި ފަނޑިޔާރުކަން ހަވާލުކުރެވުނެވެ. ހިޖުރައިން 1070 ގައި އަވަހާރަވުމާއި ހަމަޔަށް ހުންނެވީ ފަނޑިޔާރުކަމުގައެވެ. އެއަށްފަހު ފަނޑިޔާރުކަމަށް ވަޑައިގަތީ އައްޑޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްގާސީ ހުސައިން ގުތުބުައްދީނެވެ.
އަލްގާސީ ހުސައިން ގުތުބުއްދީނަށްފަހު ދެން ވަޑައިގެންނެވީ އައްޑޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ އިބްރާހިމް ނައިބު ތަކުރުފާނުގެ މީދޫ އައްނައިބް އަލްގާސީ ހަސަންއެވެ. މި ބޭފުޅާ ފަނޑިޔާރުކަންކުރެއްވީ އެންމެ އަހަރުދުވަހަކަށެވެ. މި ފަނޑިޔާރާއިއެކު އައްޑޫ ބޮޑުފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅުން ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ބޮޅަށް އިތުރު ބޮޅެއް އެމުނިގެންދިޔައީއެވެ.
އަލްގާސީ ހަސަނަށްފަހު ދެން ފަނޑިޔާރުކަން ކުރެއްވީ އައްޑޫ ރަންފުތު ފަނޑިޔާރުގެ ނަމުން މަޝްހޫރު މަޙްމޫދު ފަނޑިޔާރު ކަލޭގެފާނެވެ. މި ކަލޭގެފާނު ހިޖުރައިން 1089 ވަނަ އަހަރު ނުވަތަ މީލާދުން 1687 ވަނަ އަހަރު އަވަހާރަވުމާއި ހަމަޔަށް 15 އަހަރުވަންދެން ފަނޑިޔާރުކަމުގެ މަގާމް އަދާކުރެއްވިއެެވެ. މިކަލޭގެފާނަށްފަހު ދެން ފަނޑިޔާރުކަމާއި ހަވާލުވެވަޑައިގަތީ އައްޑު ޝަމްސުއްދީނު ބޮޑުފަނޑިޔާރުތަކުރުފާނުގެ އަލީ ތުއްކަލާގެ ދަރިކަލުން އަލްގާޒީ މުހަންމަދެވެ.މިއީ މަޝްހޫރު ދެއްވަދޫ ރަސްގެފާނެވެ.
އަލްގާސީ މުހަންމަދު ނުވަތަ ދެއްވަދޫ ރަސްގެފާނު މުޅިއެކު ޖުމްލަ 14 އަހަރުދުވަހު، 3 ރަސްކަލުންގެ ރަސްކަމުގައި ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވިއެވެ. އެގޮތުން އައްސުލްތާނު ކުޑަ މުހަންމަދު (1687-1691) ގެ ރަސްކަމާއި، އައްސުލްތާން މުހަންމަދު މުހިއްޔުއްދީނުލް އާދިލް (1962-1961) ގެ ރަސްކަމާއި އައްސުލްތާނު މުހަންމަދު ޝަމްސުއްދީނުލް ހަމަވީ (1962) ގެ ރަސްކަމުގައި ވެސް ފަނޑިޔާރުަން ކުރެއްވިއެވެ. ފަނޑިޔާރުކަން ކުރެއްވުމަށްފަހު އައްސުލްތާނުް މުހަންމަދު ސިރީކުލަރަންމަނި މަހާރަދުންގެ ނަމުގައި ދިވެހި ސިންގާސަނާ ތަހުތަށް އިސްވެވަޑައިގަތެވެ. ތަހުތުގައި ހުންނަވައި ފަނޑިޔާރަކަށް އިސްކުރެއްވީ ދިވެހި ތާރީޚު ލިޔުއްވުމމުގެ މޭސްތިރި އާދެ އަލްްގާސި ހަސަން ތާޖުއްދިނަށެވެ. 2 ޝައުބާން 1112 ގައި އެރަދުން އަވަހާރަވުމާއި ހަމަޔަށް ، އާދެ މީލާދީން 1692 އިން 1701 އަށް ރަސްްކަން ކުރެއްވިއެވެ. އެހިސާބުން ނިމިގެންދިޔައީ ދިވެހިރައްޖެދުށް އެންމެ އޯގާވެރި، އަދުލަށް ވެރިކަންކުރެއްވި ރަސްކަލެއްގެ ރަސްކަމެވެ.
މި ރަސްކަމުގައި ހުންނެވި ފަނޑިޔާރު އާދެ ހަސަން ތާޖުއްދީން ރަދުން އަވަހާރަވިތާ ދެތިން ދުވަސްފަހުން އާއިލާއާއެކު ރާއްޖެ ދޫކުރައްވައި ވަޑައިގަތެވެ. ބުނެވޭ ގޮތުގައި އެއީ އެމަނިކުފާނަށް ފެނިވަޑައިގަތް ހުވަފެނެއްގެ އިލްހާމެއްގެ ގޮތުންނެވެ. ( ތަންގީހުކުރެވުނު ތާރީހު، މުހަންމަދު އަމީން 1949). ހަސަން ތާޖުއްދީނު ރާއްޖެ ދޫކުރައްވައި ވަޑައިގަތުމާއި އިސްދޫ އަލިރަސްގެފާނު( 1701) ރަސްކަން ފެށުމާއިއެކު މާޅޮސްމަޑުލު ކުރެއްދޫ ޢަލީ ނަމަކަށް ކިޔުނު ބޭފުޅަކަށް ފަނޑިޔާރުކަން ދެއްވިއެވެ. މި ފަނޑިޔާރަކީ “ ތަނެއް ދޮރެއް ނުދަންނަ” ބޭކަލެއްގެ ގޮތުގައިވެސް ތާރީޚުގައި ލިޔެވިފައިވެއެވެ. 7 ވަނަ އަލިރަސްގެފާނު އަވަހާރަވުމަށްފަހު ދެން ރަސްކަންކުރެއްވި އެރަދުންގެ ދަތިކަލުން ދހަވަނަ ހަސަން ރަސްގެފާނުގެ ކުރު ރސްކަމުގައިވެސް ފަނޑިޔާރުކަން ކުރެއްވީ ހަމަ މި ދެންނެވުނު ކުރެއްދޫ އަލީ ނަމަކަށް ކިޔުނު ބޭފުޅާއެެވެ. ހަސަން ރަސްގެފާނު ރަސްކަމުން ދުރުކުރެވުމަށްފަހު ދެން ރަސްކަމަށް އިސްވެވަޑައިގަތް އައްސުލްތާން އިބްރާހިމް މުޒްހިރުއްދން (1701-1705) މިބޭފުޅާ ފަނޑިޔާރުކަމުން ވަކިކުރައްވައި، މުހަންމަދު އަބްދުލް ހަކީމް އޭ ކިޔުނު ބޭކަލަކަށް ފަނޑިޔާރުަކަން ދެއްވިއެވެ. މުޒްހިރުއްދީން ރަދުންނާއިއެކީ ހައްޖަށް ވަޑައިގެން ހިޖުރައިން 1121 ގައި އަވަހާރަވަންދެން ފަނޑިޔާރުކަމުގެ މަގާމުގައި ދެމިހުންނެވިއެވެ.
އިސްދޫ ދަރިކޮޅުގެ ވެރިކަން ނިމި، ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަން ފެށި، ދިޔަމިގިލީ ބަންޑާރައިން ރަސްކަމަށް އިސްވެވަދައިގަތުމާއެކު މުސާ އިބްނު ޢީސާ ނާސިރުއްދީން ފަނޑިޔާރުކަމަށް އިސްކުރެއްވިއެވެ. ނަމަވެސް ދުވަސްތަކެއް ނުވެ، މުހަންމަދު ޚަތީބުަމަނިކާއި ދެމީހުން ރަދުން ރަސްކަމުން ދުރުކުމަށް ރޭވުންތަކެއް ރޭވިކަމުގެ ތުހުމަތުގައި މި ފަނޑޔާރުކަލޭގެފާނު މާމަކުނުދޫއަށް އަރުވައިލެއްވިއެވެ. އެގޮތުގައި ހުންނަވައި އެބޭފުޅާ 1727 ގައި އެރަަށުގައި ހުންނަވައި އަވަހާރަވިއެވެ. އަދި އަލްގާޟީ ހަސަން ތާޖުއްދީނު ގެންނަވައި 22 ޝައުބާން 1116 (1705މ) ގައި އެމަނިކުފާނު އަލުން ފަނޑިޔާރުކަމަށް އިސްކުރެއްވިއެވެ.
މިލާދިން 1727 ގައި ހަސަން ތާޖުއްދީނު އަވަހާރަވަންދެން ފަނޑޔާރުކަމުގައި ދެމިހުންނެވިއެވެ. ހަސަން ތާޖުއްދީނު އަވަހާރަވުމާއިއެކު ދަރިކަލުން އަލްގާޟީ މުހަންމަދު ޝަމްސުއްދީނު 15 ރަޖަބު 1139 ގައި ފަނޑިޔާރުކަމަށް އިސްކުރެވުނެވެ. އެގޮތުން 1727 ވަނަ އަހަރުން ފެށިގެން 1752 ވަނަ އަހަރާއި ހަމަޔަށް، އާދެ 25 އަހަރުގެ ދިގު މުއްދަތެއްގައި ފަނޑިޔާރުކަން ކުރެއްވިއެވެ. މުކައްރަމް މުހަންމަދު އިމާދުއްްދީނުގެ ރަސްކަން 1752 ގައި ނިމުމާއި ހަމަޔަށް މިބޭފުޅާ ފަނޑިޔާރުކަން ކުރެއްވިއެވެ.
ހިޖުރައިން 1166 ވަނަ އަހަރު ފަނޑިޔާރުކަމަށް ދެން އިސްކުރެވިގެންދިޔައީ އަލްގާޟީ ހަސަން ތާޖުއްދިނުގެ ހުސައިން އަފީފުއްދީނުގެ ދަރިކަލުން އައްނާއިބު އަލްޚަތީބް މުހަމްމަދު މުހިއްބުއްދީނެވެ. މަދު އަހަރުތަކެއްގައި އެމަގާމުގައި ހުންނެވުމަށްފަހު ހިޖުރައިން 1187 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުމާއިއެކު ފަނޑިޔާރުކަމުން ވަކިކުރެވުނެވެ.








