އާދޭހެވެ! ފިކުރީ ހަނގުރާމައޭ ދެންނެވުމުން އޭގެ އަސްލު މާނަ އެނގޭ މީހަކު
މަދުވާނެއެވެ، ކަންވާނީވެސް އެހެންނޫންތޯއެވެ.އެކަމެއް ނޭނގުމެއްގެ ތެރޭގައި ވަނިކޮށް
އަޅުގަނޑުމެންނާއި އެކަމެއް ކުރިމަތިވުމުން މެނުވީ އެކަމަށް ސަމާލުކަމެއް ދިނުމަކީ
އަޅުގަނޑުމެން ދިވެހިންގެ އާދައެކެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފިކުރީ
ހަނގުރާމައިގެ ވާހަކަ ތުންތުންމަތިން ދެކެވޭއިރު އޭގެ އަސްލު ނުވަތަ އިސްތިލާހަށް
ބަލައިލުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ފިކުރީ ހަނގުރާމައަކީ ޖަމާއަތެއް ނުވަތަ ބައެއްގެ
ވިސްނުން ބަދަލުކޮށްލައި ؛ އެބަޔެއްގެ ވިސްނުން ވަކިގޮތަކަށް ބައްޓަންކުރުމުގެ
ނިޔަތުގައި ފޮރުވިގެންތިބެ ހިންގޭ ހަރަކާތެކެވެ. މި މާނައިންވެސް ފިކުރީ
ހަނގުރާމައިގެ މައިގަނޑު އަމާޒު ވަރަށްވެސް ސާފުކޮށް އެނގި ހާމަވެއެވެ.
ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމުގައިވާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ވެސް މިވަނީ ފިކުރީ ހަނގުރާމައިގެ އަސަރު އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރާފައެވެ. އެގޮތުން ފިކުރީ ހަނގުރާއިގެ އަސަރުތައް އަޅުގަނޑުމެންގެ މުޖުތަމައަށް ނަޒަރު ހިންގާލުމުންވެސް ފެނިގެންދެއެވެ، ވަކިން ޚާއްސަކޮށް އަޅުގަނޑުމެން ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންނަށް ނަޒަރު ހިންގައިލުމުންވެސް މިކަން އެނގި ހާމާވެގެންދެއެވެ. ޝައްކެއްވެސް ނެތް ގޮތުގައި ފިކުރީ ހަނގުރާމައިގެ ސަބަބުން ކުރާ އަސަރުތައް ވަރަށްވެސް ބޮޑެވެ. ޣާފިލުކަންމަތީ ގަދަނިންޖެއްގައި ވަނިކޮށް، ފިކުރީ ހަނގުރާމައިގެ ކޮޅިގަނޑެއްގައި ޖެހި، ގައުމުގެ ކުރިމަގު ހަލާކުވެ ބަނަވަމުންދާ މަންޒަރު ލޮލަށް ފެނުމަކީ ގައުމުގެ ކުރިމަގާއިމެދު ކުޑަވެސް މިންވަރަކަށް ވިސްނާ މީހަކަށް ބަލަން ކެތްވާނެ މަންޒަރެއް ނޫނެވެ. ނަމަވެސް ހިތާމަޔަކީ، މިއަދު މި އޮތް ހާލަތު ބަދަލުކުރުމަށް މަސައްކަތެއްވެސް ކުރެވެމުން ނުދިޔުމެވެ.
އަޅުގަނޑުމެން މުސްލިމުންނަކީ އަޅުގަނޑުމެންގެ ދީނާއި ވަތަނުގެ ދިފާއުގައި ދުޝްމަނުންނާއި އަދުއްވުންނާއި ދެކޮޅަށް ހަނގުރާމަކޮށް، އެބައިމީހުންގެ މައްޗަށް ނަސްރާއި ކާމިޔާބު ހޯދި ބަޔަކީމުއެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. މިއަދު އަޅުގަނޑުމެންނާއި ހަނގުރާމަ ކުރެވެނީ ކަނޑިބަޑިއަކުން ނޫނެވެ. އަޅުގަނޑުމެންނަށް ރޭކާވެސް ނުލާނެ ފަދައިން މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ބުއްދިއާއި ކުޅެލަނީއެވެ. މިއަދު އަޅުގަނޑުމެންގެ ލޯތަކުގެ ކުރިމަތީގި ކަނޑިބަޑީގެ ހަނގުރާމައެއް ހިނގަމުން ދާތަން ނުފެނުނެއް ކަމަކު ހަގީގަތަކީ އަޅުގަނޑުމެން މިތިބީ ހަނގުރާމައިގެ މައިދާނެއްގައި ކަމެވެ. ހަމަލާ އަންނާނީ ކޮންގޮތަކުން ކޮންދިމާލަކުން އަދި ކިހިނަކުން ކަމެއް ނޭނގެއެވެ. މިއީ، މިއަދު އަޅުގަނޑުމެންގެ ހާލަތެވެ. މިއަދުގެ ޒުވާން ޖީލު އުޅެ ބޮޑުވެފައިވަނީ ދުނިޔެ ފަންނިޔާތުގެ ރޮނގުން ކުރިއަރައިފައިވާ ދުވަސްވަރެއްގައެވެ. މި ޓެކްނޮލޮޖީގެ އެހީގައި އުފެދި ތައާރަފުވެގެން އައިސްފައިވާ އިޖުތިމާއި ވިޔުގަތަކަކުން ސަލާމަތްނުވެވި ހުދު އަޅުގަނޑުމެން މިވަނީ އޭގެ އަސީރުންނަށް ވެފައެވެ. އިސްވެ ނަންގަނެވުނު ފިކުރީ ހަނގުރާމައިގެ ހަމަލާތައް މިފަދަ ތަކެތިން ހުއްޓުމެއްނެތި އަންނަމުންދާއިރު އަޅުގަނޑުމެން މިތިބެނީ އާފިލުވެފައެވެ. މިފަލަ ހަމަލާތަކުގެ އަސަރު އަދުގެ ޒުވާން ޖީލށް ނަޒަރު ހިންގައިލުމުން ފެނިގެންދެއެވެ.
އެގޮތުން އެންމެ ބޮޑަށް އޭގެ ގެއްލުމެއް ލިބިގެންދަނީ އެކަމެއްގެ ސަބަބުން ޚާލިގުވަންތަ މާތް ﷲ ގެ ހަޒުރަތުގައި އަހަރަމެންގެ އަގު އުފުލިގެންދާ، އަޅުގަނޑުމެންގެ އީމާންތެރިކަމަށެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން އީމާންކަން ދަށްވެ އަޅުގަނޑުމެންނާއި މާތް ﷲ އާއި ދެމެދު އޮންނަ ގުޅުން މިވަނީ ހީނަރުވެފައެވެ. އޭގެ އާޚިރު ނަތީޖާއަކީ ކޮބައިތޯއެވެ؟ މިއަދު މި ޒުވާން ޖީލަށް ފެންނަފަދައިން، ފާފައެއް ކުރުމަކީ ޖެހިލުންވާ ކަމަކަށްވެސް ނުވެއެވެ. އަދި އެފާފަ މީސްތަކުންނަށް އެނގުމަކީ ކަންބޮޑުވާ ކަމަކަށްވެސް ނުވެއެވެ. ނަމަވެސް ރަސޫލާ (ސ) ގެ ހަދީސް ބަސްފުޅުތަކުން އެނގޭ ގޮތުގައި މުއުމިނުންނަށް ކުރެވޭ ފާފައެއް އެހެން މީހުންނަށް އެނގުމަށް ނޭދޭނެއެވެ. މިކަމަށް ނަޒަރު ހިންގައިލުމުންވެސް އަދުގެ ޒުވާން ޖީލުގެ ހާލަތަކީ ކޮބައިކަން ހިތަށް ތަސައްވަރު ކޮށްލެވޭނެއެވެ
އިސްލާމްދީނުގައި ޝަރުއުކުރައްވާފައި އޮންނަ ގޮތް ދޫކޮށް އަމިއްލަޔަށް އެކަން ބަދަލުކޮށްލައިގެން އުޅޭ ޒުވާނުންވެސް މަދެއްނޫނެވެ. ތިމާ ހިތުހުރި ގޮތަކަށް އުޅުމަކީ ތިމާއަށް ލިބިގެންވާ ހައްގެއްކަމަށް ބުނެ ތިމާއަށް ވަސްވާސްދޭނެ ޢައިރު މުސްލިމުންގެ ބައިގަނޑު އަބަދުވެސް އެ ވަސްވާސް ދިނުމުގައި ދެމިތިބޭ ހާލު، އަޅުގަނޑުމެންގެ ޒުވާނުން މި ވަސްވާސް ގަބޫލުކޮށް ތިމާ ހިތުހުރި ގޮތަކަށް ކަންކުރުމުގެ ޚިޔާލާއި ފިކުރު ގެންގުޅެން ފަށައެވެ، މީގެ ނަތީޖާ އަކީ ޒުވާނުންގެ އަދަދު ގިނަ، މި މުޖުތަމައުގައި ފާހިޝް އަމަލުތަކާއި މުންކަރާތްތައް އާންމުވެގެން ދިޔުމެވެ. މިކަން މިއީ އެްބަޔަކު ފާޅުގައި އަދި އަނެއްބަޔަކު ސިއްރުސިއްރުން ވަންހަނާކޮށްގެން ކުރާ ކަމެއްކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެނގޭ ހަގީގަތަކީ ކުޅަދުންވަންތަ މާތް ﷲ ސުބްހާނަހޫ ވަތައަލާ އަށް މިކަންކަން ވަންހަނާވެގެން ނުވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އާންމުވެގެންދާފަދަ ކޯފާއެއް އައުން މީ ކިހައި ގާތުގައިވާ ކަމެއްކަން އަޅުގަނޑުމެންނަށް ނޭނގެއެވެ. މިކަން ކުރާމިހާގެ ގޯސްކަމާއި އެއްވަރަށް އެކަމެއް މަޖަލުގެ ގޮތުގައިވިޔަސް ނުވަތަ އެނޫން ސިފައެއްގައިވިޔަސް އެކަމަށް ވާގިވެރިވާ މިހާގެ ނުބައިކަންވެސް ބޮޑުކަން ދަންނަންޖެހެއެވެ. ނަމަވެސް އަދުގެ ޒުވާނުން ގިނަފަހަރު ހެދޭނެހެދޭ ހާލުގައި ތިބެ މިފަދަ ކަންކަމަށް ވާގިވެރިވާ މަންޒަރުވެސް މިވަނީ އާންމުވެފައެވެ. އިސްވެ ދެންނެވުނު ކަންތައްތަކުގެ އަސްލަކީ ހަމަ ފިކުރީ ހަނގުރާމައިގެ އަސަރުތައްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
މިއީ މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ ހާލަތް ކަމުގައިވިޔަސް، ދެމިޔަލީ ކަނޑިޔެއްގެ ދެކޮޅުވެސް ތޫނުކޮށް އޮންނަފަދައިން، މިކަމުގައި ޖެހި ހަތަރުއުދަރެސް ބެދިފައިވާ ޒުވާނުންނެކޭ އެއްފަދައިން މިކަމަށް ހޭލުންތެރި އަދި މުޖުތަމައަށް ލޯހުޅުވިފައިވާ ޒުވާނުންވެސް ތިބިކަން ފާހަންގަކޮށްލަން ޖެހެއެވެ. މީހުން ބުނެއުޅޭތީ އަޑުއަހަމެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. އެބީދައިން މިކަމުގައި ކަންއޮތްގޮތަކީވެސް އެއީއެވެ. ފިކުރީ ހަނގުރާމައަކީ ކޯއްޗެއްކަން ދަނެގެން އޭގެ ނުރައްކާތެރިކަމުގެ އިތުރުން އެއިން ސަލާމަތްވެވެން އޮތް ގޮތްތައް ހޯދައި ބަލައި، ޒުވާނުން ހޭލުންތެރިވެ ތިބުމަކީ ނުހަނު ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެކެވެ. މިއަދު ލޯކުރިމަތިން ދެ ރާސްތާއެއް ފެންނާން އެބައޮތެވެ. ތިމާ ދާނެ ރާސްތާއެއް އިޚުތިޔާރު ކުރުމަކީ ތިމާގެ އަމިއްލަ މަސްއޫލިއްޔަތެކެވެ. ރަނގަޅު ރާސްތާ ޚިޔާރު ކޮށްފިމީހަކަށް އޮތީ ފަލާހާއި ކާމިޔާބެވެ. ކަޝިޔާރު މަގުން ގޮސްފިމީހަކަށް އޮތީ ގެއްލުމާއި ހަލާކެވެ. ޢެހެންކަމުން، ރަނގަޅަށް ވިސްނައި ހޭލުންތެރިވެ ހުންނަ ހާލު މަގު އިހުތިޔާރު ކުރާށެވެ، ކާމިޔާބު ލިބޭނީ އޭރުންނެވެ.